ENGLISH
17 ޑިސެމްބަރު 2025
ކޮންގްރެސްއާ ގުޅޭ މެންބަރުން އިތުރުވުން: މެންބަރުންގެ އަދަދު 75،000އަށް
17 ޑިސެމްބަރު 2025
|
ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުން
ކޮންގްރެސް ޕާޓީއާ ގުޅޭ މެންބަރުންގެ އަދަދު ބޮޑުތަނުން އިތުރުވަމުންދާއިރު މިހާރު ގުޅިފައިވާ މެންބަރުންނާއެކު 75,000 ވުރެ އިތުރުވާނެ ކަަމަށް ބެލެވޭ ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެ ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙް މިއަދު ވިދާޅުވީ ކައުންސިލް އިންތިޚާބުގެ ޕްރައިމަރީއާ ދިމާކޮށް ވަރަށް ގިނަ މެންބަރުން އެ ޕާޓީއާ ގުޅިފައިވާ ކަމަށެވެ. މިވަގުތުވެސް ޕާޓީގެ މެންބަރުންގެ އަދަދު 70,000 އަށް އަރާފައިވާ ކަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އެތައް ހާސް ފޯމެއް މިހާރުވެސް ޕާޓީގެ އޮފީހުގައި އެބަހުރި ކަމަށެވެ. އެ ފޯމްތައް ބެލުމަށް ފަހު ވަރަށް އަވަހަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާނެ އެވެ. ފަލާޙް ވިދާޅުވި ގޮތުގައި އަލަށް ގުޅުނު މެންބަރުންނާއެކު ކޮންގްރެސްގެ މެންބަރުންގެ އަދަދު 75,000 އަށް އަރާނެ ކަމަށް ބެލެވެ އެވެ.
އެކަމުން ހާމަވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތު ރައްޔިތުން ޤަބޫލުކުރެއްވުން ކަމުގައި ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އޮތްއިރު ކޮންގްރެސް ޕާޓީގެ ޒަޢާމަތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަވާލުވެވަޑައިގެންނެވި އެ ޕާޓީގައި ތިބީ 3،000 މެންބަރުންނެވެ. ނަމަވެސް ދޮޅު އަހަރުތެރޭ މެންބަރުންގެ އަދަދު މި ވަނީ 75،000އާ ގާތަށް ގެންދަވާފަ އެވެ.