ENGLISH

06 ޑިސެމްބަރު 2025

Advertisement

ރައްޔިތުން ދަނީ ރައީސާ ކަންކަން ހިއްސާކުރަން، އެ ދެމެދަށް ނުވަދެ ސިޔާސީ މަސައްކަތްކުރެވޭނެ: މަހުލޫފު

06 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ޖަޕާނަށް ރާއްޖެއިން ކަނޑައަަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފު، ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކަށް ރައްޔިތުން ދަނީ އެމީހުންގެ ކަންބޮޑުވުންތަކާއި އުދާސްތައް ސީދާ ރައީސާ ހިއްސާކުރުމަށް ކަމަށާއި، އެމަނިކުފާނާއި ރައްޔިތުންނާ ދެމެދަށް ވަދެ ރައްޔިތުންނަށް ހުރަސްނާޅައި ސިޔާސީ މަސައްކަތްކުރެވޭނެ ކަމުގައި ޖަޕާނަށް ރާައްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު އަހްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ. 

މަހުލޫފު އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ.މުޢިއްޒު މާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަކިވަކިން އަވަށްތަކުގައި ބާއްވަވަމުންގެންްދަވާ ސިލްސިލާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮވުންތައް އަޑުއިވެމުންދާ ކަމަށެވެ. 

އެގޮތުން ރައްޔިތުން އުޅެމުންދާ ދަތި ހާލާއި، ބޯހިޔާވަހިކަން ހޯދުމަށް މުޅި އުމަރު ކުރަމުންދާ މަސައްކަތްތައް އެ ރައްޔިތުން ރައީސާ ހިއްސާކުރަނީ ނުހަނު އަސަރާއެކުކަން ފާހަގަކުރައްވަމުން މަހުލޫފު ވިދާޅުވީ އެ ބައްދަލުވުންތަކުގެ މާހައުލު ހަލަބޮލިކުރުމުން އޭގެ ހުރިހާ ގެއްލުމެއް ލިބެނީ، އެ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސާ ހިއްސާކުރަން ބޭނުންވެފައި ތިބި ރައްޔިތުންނަށް ކަމަށެވެ. 

"ރައީސް އާއި އެރައްޔިތުންގެ ދެމެދަށް ނުވަދެ ސިޔާސީ ޕޯޑިއަމްތަކާއި، ހަރުގެ ތަކާއި، މުޒާހަރާތަކާއި، ސޯޝަލް މީޑިއާ އަދި ޓީވީ ޕްރޮގްރާމްތަކުގައިވެސް ސިޔާސީ މަސައްކަތް ކުރެވެންވާނެކަމަށްދެކެން.،" މަހުލޫފު ވިދާޅުވިއެވެ. 

މަހުލޫފު މިފަދައިން ވިދާޅުވިއިރު އެންމެ ފަހުން ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރައީސް މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމުގައި ސިޔާސީ އެކްޓިވިސްޓުން އަދި ސިޔާސީ މަގުސަދުތައް ހާސިލުކުރުމަށް މަސައްކަތްކުރާ ނޫސްވެރިޔަކު ސުވާލުތަކެއް ކުރަން ވަގުތުތަކެއް ނަގައިލިއެވެ. 

އަދި ބައެއް ފަރާތްތަކުން މި ބައްދަލުވުމުގެ މާހައުލު ކިލަބުކޮށް، ސުލްހަވެރިކަން ނަގައިލުމަށް މަސައްކަތްކުރުމުން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު މީސްމީޑިޔާގައި ނުރުހުން ފާޅުކުރިއެވެ. 

ކިޔުންތެރިންގެ ހިޔާލު