ENGLISH

05 ޑިސެމްބަރު 2025

Advertisement

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު މި ހަފްތާގެ ބަންދުގައި

04 ޑިސެމްބަރު 2025

|

އާމިނަތު ނުޒްލާ

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މީޑީއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މައުރަޒު މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފި އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.

މި މައުރަޒުގައި އެކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް، ސެކްޝަންތަކުން ކުރަމުން އަންނަ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިދިޔަ އަހަރު ބޭއްވި މީޑިއާ މައުރަޒަށް ވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ވަނީ ޒިޔާރަތްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު