ENGLISH
05 ޑިސެމްބަރު 2025
މަރަދޫގެ ހުޅަނގުން 28 މޭލު ބޭރުގައި ދޮށީގެ ކަނދުފައްޗެއް އަޅައިފި
04 ޑިސެމްބަރު 2025
|
މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ގާއިމްކުރެވުނު ދޮށީ ކަނދުފަތި--ފޮޓޯ: ފިޝަރީސް މިނިސްޓްރީ
އައްޑޫ ސިޓީ މަރަދޫ ހުޅަނގުން 28 މޭލު ބޭރުގައި ދޮށީގެ ކަނދުފައްޗެއް އަޅައިފި އެވެ.
މި ކަނދުފައްޗަށް ދީފައިވާ ނަންބަރަކީ R08D03 އެވެ.
މި ވަދު ކަނދުފަތި ޤާއިމްކުރުމުން އެ ސަރަޙައްދުގެ މަސްވެރިކަން ތަރައްޤީކުރުމަށް އިތުރު ދޮރެއް ހުޅުވިގެންދާނެ އެވެ. މި ވަދު ކަނދުފަތީގެ ސަބަބުން އެ ސަރަޙައްދުގެ ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގައި މަސައްކަތް ކުރާ ފަރާތްތަކަށް އިތުރު ފަސޭހައެއް ލިބިގެންދާނެ އެވެ.
ވަދު ކަނދުފަތި ޤާއިމްކުރުމަކީ މި ސަރުކާރުން މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން އަންނަ މުހިންމު މަސައްކަތެކެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް، މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. މީގެއިތުރުން ދިވެހިރާއްޖޭގެ ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކޮށް، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އައު ފަރުމާއަކަށް ބަދަލުކުރުމުގެ މަޝްރޫޢެއް ފަށާފައިވާ ކަމަށް ވެސް އެވުޒާރާއިން ބުންޏެވެ.
ކަނދުފަތީގެ ވިއުގަ އިތުރަށް ފުޅާކުރުމަށްޓަކައި، ކަނދުފަތި ތައްޔާރުކުރާ އިތުރު ސެންޓަރުތަކެއް ދިވެހިރާއްޖޭގެ ދެ ސަރަޙައްދެއްގައި ގާއިމުކުރުމަށްވެސް ވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ގާއިމުކުރާ ފުރަތަމަ ސެންޓަރު، ށ. ފުނަދޫގައި ގާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.