ENGLISH
20 ޖެނުއަރީ 2026
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަޢުރަޒުގައި ވިޒިޓް މޯލްޑިވްސް ބައިވެރިވަނީ
03 ޑިސެމްބަރު 2025
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ބައެއް ބޭފުޅުން ބައިވެރިވި ހަރަކާތެއްގެ ތެރެއިން
ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަޢުރަޒު ކަމަށްވާ އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވެލް މާކެޓް (އައިއެލްޓީއެމް) ކާންސް 2025 ގައި ބައިވެރިވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވުމަށް ނިންމައިފިއެވެ.
މިއީ ފަރަންސޭސިވިލާތުގެ ކާންސްގައި ޑިސެމްބަރު 1 ން ފެށިގެން ޑިސެމްބަރު 4 ކަށް ކުރިޔަށްދާ ޝަރަފުވެރި މަޢުރަޒެކެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް ވިޒިޓް މޯލްޑިވްސް އިން ބައިވެރިވުމަށް ނިންމާފައިވާއިރު، ރާއްޖޭގެ ލަގްޒަރީ ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ފުރުސަތުތައް ދައްކާލުމަށް އެންމެ ފަހުގެ ތައްޔާރީތައް ވެފައިވެއެވެ.
އެގޮތުން މި އަހަރުގެ މަޢުރަޒުގައި ވިޒިޓް މޯލްޑިވްސް ގެ ފަރާތުން ސްޓޭންޑް ފަރުމާކުރެވިފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިފަތަކަށް ޚާއްސަކޮށްގެންނެވެ.
މި މަޢުރަޒުގެ ތެރެއިން ބެއަރފުޓް ލަގްޒަރީ، އޯވަރ ވޯޓަރ ވިލާތަކާ، ވެލްނަސް ސެންކްޗުއަރީތަކާ، މަތީ ގިންތީގެ ކެއިންބުއިމުގެ ފުރުސަތުތައް ފެނިގެންދާނެއެވެ. އަދި ދިވެހިރާއްޖެ ސިފަވެގެންދާނީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައެވެ. މިކަމާ މެދު އަހުލުވެރިކުރުމަށް ގިނަ ސެޝަންތަކެއް ބާއްވާ، ކަމާ ގުޅުން ހުރި ފަރާތްތަކަށް މި ފުރުސަތުތައް ތަޢާރަފް ކުރުމަށް ހަމަޖެހިފައިވެއެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މަޢުރަޒުގައި ވިޒިޓް މޯލްޑިވްސް ގެ ވަފުދުގައި ހިމެނޭ 5 ރިޒޯޓެއް ބައިވެރިވެއެވެ. އެއީ ލިލީ ހޮޓެލްސް، ދަ ނޯޓިލަސް މޯލްޑިވްސް، ސިއްރުފެން ފުށި، ދަ ހެލްސިޔޯން ޕްރައިވެޓް އައިލްސް އަދި އޮޓޮގްރާފް ކަލެކްޝަނެވެ. އަދި އަމިއްލަ މޯލްޑިވްސްގެ މަންދޫބުން ގިނަ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރާވާފައެވެ.
މީގެއިތުރުން ވިލާތާއި ދުނިޔޭގެ އެކި ސަރަހައްދުތަކުން ޒިޔާރަތްކުރާ ސިނާޢަތުގެ ހިއްސާދާރުންނާއެކު މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވެސް ވަނީ ނިންމާފައެވެ. ވިޒިޓް މޯލްޑިވްސް ގެ ވަފްދުގެ އިތުރުން ވެސް ދިވެހިރާއްޖޭގެ އިތުރު ގިނަ ލަގްޒަރީ ރިޒޯޓްތައް އަމިއްލަ ގޮތުންވެސް ބައިވެރިވާނެއެވެ.
މި މާޓަށް އަމާޒުކޮށްގެން ވިޒިޓް މޯލްޑިވްސްގެ ފަރާތުން އައު ހަރަކާތްތަކެއް ހިންގާފައިވެއެވެ. އެގޮތުން، ލަގްޒަރީ މާކެޓަށް ޚާއްސަކޮށް މުޅިން އަލަށް ސުޕަރ ޔޮޓް ކެމްޕެއިނެއް ކާމިޔާބުކަމާއެކު ހިންގާފައިވެއެވެ. އެލީޓް ފަތުރުވެރިން ފާހަގަކުރާ ގޮތުގައި، ރާއްޖެއަކީ ޔޮޓް ދަތުރުކުރުމަށް އެންމެ އެކަށޭނެ އަދި އެންމެ ހިތްގައިމު މަންޒިލެވެ. އަދި ހައި އެންޑް ޓުއަރ އޮޕަރޭޓަންނާއެކު ހިންގުން ޖޮއިންޓް ކެމްޕޭންތަކާއެކު މި ހަރަފަތަކުގައި ދެމިތިބުމަށް އިތުރު ބާރެއް ލިބި، އެންމެ މުއްސަނދި ފަތުރުވެރިންގެ ރާޑަރުގައި އިތުރަށް ގުގުމާލާނެކަމަށް ވެސް ބުނެފައިވެއެވެ.
"މި ފާއިތުވި ދެ އަހަރުވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މި ވަނީ 2 މިލިއަނުން މަތީގައި ހިފެހެއްޓިފަ. އެހެންކަމުން އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު މިއީ ފަތުރުވެރިން ރާއްޖޭގައި ޚަރަދުކުރާ މިންވަރުވެސް އިތުރުކުރުން" ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވިއެވެ.
އަންނަ އަހަރު ވިޒިޓް މޯލްޑިވްސްއިން ހައި ނެޓްވޯތުގެ ފަތުރުވެރިކަމަށް އަމާޒުކޮށް އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގެ އެއްބާބުކަމަށް ބުނެ، ބައެއް މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ.
އެއީ، މިހާރު ކުރަމުންދާ މަސަސއްކަތްތައް އިތުރަށް ފުޅަކުރުމާ، ޕްރައިވެތް ޖެޓް އޮޕަރެޓޤކުރުމުގެ ސްޓްރެޓެޖީއެއް ރާވާ، ޕްރީމިއަމް ޖެޓް ކުންފުނިތަކާއި، އެފްބީއޯ އަދި ކޮންސިއަރޖް ޓްރެވެލް ވިއުގަތަކާއެކު މަސައްކަތްކޮށް، މިލިޔަނަރުންނާއި މަލްޓި މިލިޔަނަރުންނަށް ރާއްޖެ އިސްތިހާރުކޮށް ހަރަކާތްތައް ހިންގުމެވެ.