ENGLISH

01 ޑިސެމްބަރު 2025

Advertisement

ސިލޯނާައެކު ދިވެހީން ޓެލެތޯން؛ މިހާތަނަށް 5.7 މިލިއަނަަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

01 ޑިސެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ސިލޯނާއެކު ދިވެހިން ޓެލެތޯނުގެ ތެރެއިން

ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގއި އެ ގައުމަށް ލިބުނު އެކި ގެއްލުންތަކާ ގުޅިގެން އެ ގައުމުގެ ރައްޔިތުންނަަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދައުލަތުގެ މީޑިޔާ ޕީއެސްއެމްއިން އިސްނަގައިގެން ފެށި ޓެލެތޯނަށް މިހާތަނަށް 5.7 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ. 

އާދީއްތަ ދުވަހުގެ ހެނދުނު 9:00 ގައި ފެށި ޓެލެތޯން ކުރިން ކުރިއަށްގެންދަން ނިންމީ އެ ދުވަހުގެ މެންދަމު 1:00 އާ ހަމައަށެވެ. ނަމަވެސް ޓެލެތޯނަށް ލިބެމުންދާ ބޮޑު ތަރުހީބާއެކު ހޯމަދުވަހުގެ މެންދަމު 2:00 އާ ހަމައަށް ޓެލެތޯނުގެ ވަގުތު އިތުރުކުރުމަށްވަނީ ނިންމާފައެވެ. 

މި ޓެލެތޯނަށް ބީއެމްއެލްއިން ދިވެހި ރުފިޔާ އެކައުންްޓަކާއި ޑޮލަރު އެކައުންޓެއް ހާައްސަކޮށްފައިވާއިރު، ޑޮލަރު އެކައުންޓުގައި ހުރި 41،641 ޑޮލަރާއި ދިވެހި ރުފިޔާ އެކައުންޓަށް ޖަމާކޮށްފައިވާ 5،087،837 ރުފިޔާއާއެކު ޖުމްލ 5،729،941 ރުފިޔާ ޓެލެތޯނަށް ލިބިފައިވެއެވެ. 

މި އެކައުންޓުތަކަށް ފައިސާ ޖަމާކުރުމުގެ އިތުރަށް ޓެލެވިޜަން މޯލްޑިވްސްގެ ގޯތި ތެރޭގައާއި މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި ފަންޑު ފޮށިތަކަަށް ފައިސާ ލައިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަަތު މި ޓެލެތޯނުގައި ހުޅުވާލާފައިވެއެވެ. 

ސްރީލަންކާއަކީ ރާއްޖެއާ ޒަަމާނުއްސުރެ އެންމެ ގާތް ގުޅުމެއް އޮންނަ އެއް ގައުމަށްވާއިރު އެ ގައުމަށް ކުރިމަތިވި ސައިކްލޯން ދިތުވާގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ރޭގެ ނިޔަލަށް މޫސުމީ ކާރިސާގެ އަސަރު 309،607 އާއިލާއެއްގެ 1،118،929 މީހަކަށް ކޮށްފައިވާކަމަށް އެޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި، ވަގުތީ ބޯހިޔާވަހިކަން 55،747 އާއިލާއަކަށް ވަނީ ފޯރުކޮށްދީފައެވެ. އެގޮތުން ވަގުތީ ރައްކާތެރިކަން 196،790 މީހަކަށް ވަނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ ހިޔާލު