ENGLISH

19 ނޮވެމްބަރު 2025

Advertisement

ފޮއްދޫ އެފްއާރްސީ އިމާރާތް؛ ތަނބުތަކުގެ މަސައްކަތް ކުރިއަށް

19 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ފޮއްދޫ އެފްއާރްސީ އިމާރާތް ބިނާކުރުމުގެ ތެރެއިން--ފޮޓޯ:އެމްޓީސީސީ

ނ. ފޮއްދޫގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން މަރުކަޒުގެ ތަނބުތަކުގެ ބާ ބެންޑިން އަދި ޝަޓަރިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަމުން އަންނަ ކުންފުނިން ބުނީ ފޮއްދޫގެ ފިޓްނެސް އެންޑް ރިކްރިއޭޝަން މަރުކަޒު ނިންމާލުމަށްޓަކައި ބާރު ސްޕީޑްގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެމްޓީސީސީން އަންނަނީ ފޮއްދޫގައި ތަރައްޤީގެ ހަ މަޝްރޫޢެއްގެ މަސައްކަތް ކުރަމުންނެވެ.

ފޮއްދޫ އެފްއާރްސީ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި އަހަރުގެ ޖުލައި މަހު ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ފޮއްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ފޮއްދޫ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު އެވެ. 

މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ތެރޭގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު