ENGLISH
18 ނޮވެމްބަރު 2025
މާފަރު ޕޮލިސް ސްޓޭޝަން: ވޭސްޓް ޕައިޕްލައިން އެޅުމުގެ މަސައްކަތް ކުރިއަށް
18 ނޮވެމްބަރު 2025
|
މާފަރު ޕޮލިސް ސްޓޭޝަންގެ މަސައްްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ
ނ. މާފަރު ޕޮލިސް ސްޓޭޝަން ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ވޭސްޓް ޕައިޕްލައިން އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ޕޮލިސް ސްޓޭޝަން އިމާރާތުގެ ފައުންޑޭޝަން އަދި ތަނބުތަކުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މާފަރު ޕޮލިސް ސްޓޭޝަން އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މި އަހަރުގެ ޖުލައި މަހު ކުރެއްވި ޒިޔާރަތުގައި މާފަރަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ ގިނަ އަދަދެއްގެ ޕޮލިސް ސްޓޭޝަންތައް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.