ENGLISH

18 ނޮވެމްބަރު 2025

Advertisement

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ބާރަށް ކުރިއަށް

18 ނޮވެމްބަރު 2025

|

އާމިނަތު ނުޒްލާ

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ކުރިއަށްދަނީ. --ފޮޓޯ:އެމްޓީސީސީ

ށ. ކޮމަންޑޫގައި ކުރިއަށްދާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އާއި ކޮމަންޑު އާއި މަތިކޮމަންޑޫ ގުޅާލުމުގެ މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ޖެޓީގެ ކޮންކްރީޓް ކާސްޓިންގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ށ. ކޮމަންޑޫގައި 1،690 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމާއި، 16.7 ހެކްޓަރު ސަރަޙައްދެއް މަތިކޮމަންޑޫގައި ހިއްކުމާއި، 1،520 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ތޮއްޓެއް ލުމާއި، ޖުމްލަ 353 މީޓަރުގެ ސަރަހައްދެއްގައި ބޮޑު ހިލައިގެ ފައިކަށި ޖެހުމާއި 112 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ތޮށި ޖެހުން ހިމެނެ އެވެ. ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު، 200 މީޓަރު ދިގުމިނުގެ ފާލަމަކުން ގުޅާލުން ހިމެނެ އެވެ.

ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތަކީ ސަރުކާރުން 249 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުކެވެ.

ކިޔުންތެރިންގެ ހިޔާލު