ENGLISH

09 ނޮވެމްބަރު 2025

Advertisement

މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި

08 ނޮވެމްބަރު 2025

|

އަޙުމަދު ޙަމީދު

ހޯކްސް ކުންފުނީގެ ބޯޓެއްގަައި ވަގަަށް ރާއްޖެެއަށް ސިގިރެޓު އެތެރެކުރި މައްސަލައަކާއި، ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލާގައި، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެދިގެން ވަޒީފާއިން ވަކިކުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރގެ މަގާމުގައި ހުންނެވި މަހުމޫދު ރިޔާޒު އަލުން މަގާމަށް އައްޔަންކުރަން ލަފާ އޭނާގެ ވަޒީފާ އަލުން އިއާދަކުރައްވައިފި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަޤީން ކޮށްދީފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު ދެންމެ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީން ކުރިއަށް ގެންދިޔަ ތަޙްޤީޤަކާ ގުޅިގެން މަޤާމުން ވަކިކުރެއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަޙްމޫދު ރިޔާޒްގެ މައްސަލަ، އެ ކޮމިޓީން އިތުރަށް ތަޙްޤީޤު ކުރެއްވުމަށްފަހު އެ މައްސަލައިގައި މަޙްމޫދު ރިޔާޒްގެ ބައިވެރިވުމެއް ނެތްކަމަށް ނިންމަވައި، ވަޒީފާ އަލުން އިއާދަކޮށްދޭން ކޮމިޓީން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވާފައިވާތީ، މަޙްމޫދު ރިޔާޒްގެ ވަޒީފާ ރައީސުލްޖުމްހޫރިއްޔާ އަލުން އިއާދަކުރައްވައިފި ކަމަށެވެ.

މަހުމޫދު ރިޔާޒާއި ކަސްޓަމްސްގެ އިތުރު ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލެއް ވަކިކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން، ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓެއްގައި ސިގިރެޓު އެތެރެކުރި މައްސަލައަކާއި ބޮންޑެޑް ވެއާހައުސްއެއްގައި ހުރި ސިގިރެޓުތަކެއް ގެއްލުނު މައްސަލަ ތަހުގީގުކުރުމަށްފަހު، އެމަނިކުފާނަށް ފޮނުވި ސިޓީއަކާ ގުޅިގެންނެވެ. 

މި މައްސަލަތަކުގައި ނެރުނު ނޫސް ބަޔާނުގައި އެ ކޮމިޓީން ބުނެފައިވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރި ކުރުމުން އެ މައްސަލަތަކުގައި މަހުމޫދު ރިޔާޒުގެ ޝާމިލުވުމެއް ބައިވެރިވުމެއް އޮތްކަމުގައި ނުބެލެވޭ ކަމަށެވެ. އަދި އޭނާގެ ބައިވެރިވުމެއް މިއިން އެއްވެސް މައްސަލައެއްގައި ޝާމިލުވުމެއް ނެތް ކަމުގައި ބެލެވޭތީ އޭނާގެ މަގާމު އަލުން އިއާދަކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ދެންނެވުމަށް ނިންމާފައިވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު