ENGLISH
06 ނޮވެމްބަރު 2025
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ 55 އިންސައްތަ މަސައްކަތް ނިމިއްޖެ
06 ނޮވެމްބަރު 2025
|
މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން. --ފޮޓޯ:އެމްޓީސީސީ
ށ. މިލަންދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިހާރު ކުރިއަށްދަނީ ބަނދަރުގެ ބޭރު ތޮއްޓަށް ވެލި އަޅާ ހިއްކުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކަކީ:
މީގެ އިތުރުން އެކްސަސް ޕްލެޓްފޯމްއެއް ހެދުމާއި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
މިއީ ސަރުކާރުން 76.44 މިލއަން ރުފިޔާ ހަަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިލަންދޫ ބަނދަރު ތަރައްޤީކޮށް ނިމުމުން އެރަށަށް އަރާފޭބުމުގައި ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި ހަމައެއާއެކު އިޤްތިޞާދީގޮތުންނާއި އިޖުތިމާޢީ ގޮތުންވެސް ގިނަ ފައިދާތަކެއް ލިބިގެންދާނެއެވެ.