ENGLISH

03 ނޮވެމްބަރު 2025

Advertisement

ކައުންސިލް އާ އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް 30 ރަށެއްގައި ފަށައިފި

03 ނޮވެމްބަރު 2025

|

ޢަލީ ޝަހީމް

އޮކްޓޫބަރު 27 ވަނަ ދުވަހު ބޭއްވި އޮޅުވެލިފުށި ކައުންސިލް އިދާރާގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ރަށްތަކުގައި އިމާރާތްކުރަމުން އަންނަ ކައުންސިލް އާ އިމާރާތުގެ ޢަމަލީ މަސައްކަތް 30 ރަށެއްގައި ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. 

ކައުންސިލް އިދާރާތައް އިމާރާތްކުރުމުގެ އަދާހަމަ ހާމަކުރެއްވީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. 

ކައުންސިލް އާ އިމާރާތް އެޅުމުގެ މަޝްރޫޢުގެ ދަށުން 50 ކައުންސިލެއްގެ މަސައްކަތް ކުރަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައެވެ. އަދި، 55 ކައުންސިލް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ދިވެހި ސަރުކާރުންނެވެ. ސަރުކާރުން އަޅާ ކައުންސިލް އިމާރާތްތަކުގެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ޙަވާލުކޮށްގެންނެވެ. އެ މަޝްރޫޢަށް 631 މިލިއަން ރުފިޔާ ޚަރަދުވެއެވެ. 

އާ އިމާރާތް ބޭނުންވާ ރަށްތައް ކަނޑައެޅީ ކައުންސިލްތަކުގެ ޙާލަތު ބެލުމަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ފަހު އެވެ. 

ފަތުޙީ ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލް އިމާރާތުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 30 ކައުންސިލް އިމާރާތެއްގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، އަންނަ ހަފްތާ އިތުރު ރަށްތަކުގައި ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. 

އިމާރާތް އެޅުމަށް ބޭނުންވާ ތަކެތި ފޮނުވުމަށް ފަހު 9 ރަށެއްގައި ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށް ފަތުޙީ ވިދާޅުވިއެވެ. އަދި، ބާކީ ހުރި ރަށްތަކުގެ މަސައްކަތް ވެސް ނޮވެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. 

ފަތުޙީ ވިދާޅުވީ އާ އިމާރާތްތަކާއެކު މަސައްކަތުގެ ރަނގަޅު މާޙައުލެއް ޤާއިމުކުރެވޭނެ ކަމަށެވެ. މިހާތަނަށް އައިއިރު އެ ގޮންޖެހުމަށް އެކަށީގެންވާ ޙައްލެއް ގެނެވިފައިނުވާކަމަށް ފަތުޙީ ވިދާޅުވިއެވެ. 

އާ ކައުންސިލް އިދާރާތަކުގައި ޖާގަ ތަނަވަސްކޮށް ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާނެއެވެ. ސަރުކާރުން އަންނަނީ ބާރު ސްޕީޑުގައި މި މަޝްރޫޢުގެ މަސައްކަތް ކުރަމުންނެވެ. އަދި، ކުރިން ހަދަން ފަށާފައިވާ ބައެއް އިމާރާތްތަކުގެ މަސައްކަތް ނިންމައި މިހާރު ވަނީ ރަސްމީކޮށް ހުޅުވައިފައެވެ. 

ކިޔުންތެރިންގެ ހިޔާލު