ENGLISH
28 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ޅ. ނައިފަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވުން
27 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފާދިއްޕޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ނައިފަރަށް މިއަދު ހަވީރު ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައި. ނައިފަރު ރައްޔިތުންނާ މިރޭ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ރަނުން ރަނަށް ފުއްދަވައިދެއްވާނެކަމަށާއި، ނައިފަރުގެ ތަރައްޤީ ޙަޤީޤަތަކަށް ހެއްދެވުމަކީ ލިބިވަޑައިގަންނަވާ އުފަލެއްގެ އިތުރުން، އެމަނިކުފާނަށް އޮތް ޛިންމާއެއް އަދި މަސްއޫލިއްޔަތެއްކަމުގައި ވީހިނދު، ރައްޔިތުންނަށްޓަކައި އެކަންކޮށްދެއްވާނެކަމުގެ ޔަޤީންކަން، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފަ.