ENGLISH
21 އޮކްޓޯބަރު 2025
ލ. މާމެންދޫ ޞިއްޙީ މަރުކަޒުގެ ލެބޯޓަރީ ޚިދުމަތް ރަސްމީކޮށް ހުޅުއްވައިދެއްވުން
21 އޮކްޓޯބަރު 2025
|
ލ. މާމެންދޫ ސިއްހީ މަރުކަޒުގައި އަލަށް ގާއިމުކުރި ލެބޯޓަރީގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި. ހައްދުންމައްޗަށް ކުރައްވަމުންގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މާމެންދޫއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޒިޔާރަތުގައި އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ސިއްހީ މަރުކަޒުގައި ގާއިމުކުރި ލެބޯޓަރީ ހިދުމަތް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް. މި ލެބޯޓަރީއަކީ ރާއްޖޭގެ ހުރިހާ ރަށަކުން އަސާސީ ލެބޯޓަރީގެ ހިދުމަތް ލިބޭކަން ކަށަވަރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މުޅިން އަލަށް މާމެންދޫގައި ގާއިމުކުރެވުނު ލެބޯޓަރީއެއް. އަަސާސީ ހުރިހާ ޓެސްޓެއް ހެދޭ ގޮތަށް ހުރިހާ ރަށެއްގައި ލެބޯޓަރީ ހިދުމަތް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް. އެ އަމާޒަށް ވާސިލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަަތްތަކުގެ ތެރެއިން ކުރިން ލެބޯޓަރީ ހިދުމަތް ނެތް ގިނަ ރަށްތަކެއްގައި އެ ހިދުމަތް ގާއިމުކުރުމަށް ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރަންޖެހޭ ޖާގަ އިތުރުކުރުމާއި ފޯރުކޮށްދޭންޖެހޭ އިކުއިޕްމެންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ހަލުއި ދުވެލީގައި އަންނަނީ ކުރަމުން.