ENGLISH
20 އޮކްޓޯބަރު 2025
މާވަށު ކައުންސިލާއި، ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރެއްވުން
20 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ މާވަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ މާވަށު ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ކައުންސިލުން ވަނީ، ރަށުގެ ބިންހިއްކުމުގެ މަސައްކަތާއެކު އެ ސަރަހައްދުގައި ފުޓްބޯޅަ ދަނަޑެއް އަޅައިދެއްވުމަށާއި، ރަށުގެ ޞިއްޙީ މަރުކަޒެގެ ހާލަތު ރަނގަޅުކޮށްދެއްވުމަށާއި، ސީއެމްބިއުލާންސްގެ ޚިދުމަތް ލިބޭނެގޮތް ހެއްދެވުމުގެ އިތުރުން، ލ. އަތޮޅުގައި ދެވަނަ އެއާޕޯޓެއް އަޅުއްވާއިރު މާވަށަށް އިސްކަން ދެއްވުމަށް އެދިވަޑައިގެންފަ. މީގެ އިތުރުން ސްޕޯޓްސް ފިޝިންގ އަށް ޚާއްޞަ ބޮޔެއް ރަށުގެ ސަރަހައްދުގައި އަޅުއްވައިދެއްވުމަށް ވެސް ކައުންސިލުން އެދިވަޑައިގެންނެވި.