ENGLISH
24 އޮކްޓޯބަރު 2025
21 ވަނަ އިންޓަރސްކޫލް ސްވިމިންގ މުބާރާތް ނިންމާލައިފި
19 އޮކްޓޯބަރު 2025
|
މުބާރާތުގެ ފަޚުރުވެރި ރަންވަނަތައް ހާސިލްކުރި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގެ ބައެއް ދަރިވަރުން. ފޮޓޯ: ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް
އެކާވީސް ވަނަ ބީއެމްއެލް އިންޓަރސްކޫލް ސްވިމިންގ މުބާރާތް މިއަދު ނިންމާލައިފިއެވެ.
ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިންގ ޕޫލްގައި މި މަހުގެ 11 އިން 16 ގެ ނިޔަލަށެވެ.
މި ފަހަރުގެ މުބާރާތުން ރަންވަނަތައް ހާސިލްކުރި ފެތުންތެރިންނަށް އިއްޔެ ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްފައެވެ.
މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ފެތުންތެރިން ބައިވެރިވިއެވެ. މި މުބާރާތުގައި ހަ ކެޓަގަރީއަކުން އިވެންޓްތައް ކުރިއަށްގެންގޮސްފައިވެއެވެ. އެއީ، ޖޫނިއާ އޭ، ޖޫނިއާ ބީ، ސީނިއާ އޭ، އަދި ސީނިއާ ބީގެ އިތުރުން އެލީޓް އެތުލީޓްސް ވިތު ޑިސެބިލިޓީސް ކެޓެގެރީގެ އޭ އަދި ބީގެ އިވެންޓުތަކެވެ.
މި ފަހަރުގެ މުބާރާތުގައި ފްރީސްޓައިލް، ބެކްސްޓްރޯކް، ބްރެސްޓްސްޓްރޯކް އަދި ބަޓަރފްލައި ފަދަ ތަފާތު އިވެންޓްތައް ކުރިއަށްދިޔަ އެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިންގ އެސޯސިއޭޝަނާ އެކު އެކްސްކްލޫސިވް ޕާޓްނަރޝިޕެއް ގާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި އަހަރު ބޭންކުން ވަނީ ސްވިމިންގ އެސޯސިއޭޝަނާ އެކު ޤާއިމުކޮށްފައިވާ ޕާޓްނަރޝިޕް އިތުރު ތިން އަހަރުގެ މުއްދަތަކަށް އައުކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ.