ENGLISH

16 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ށ.ކޮމަންޑޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން

15 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ، ނަރުދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ނަރުދޫ ޕްރީ ސްކޫލްގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ކައުންސިލުން ވަނީ، ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަވާއިރު، ބޭރު ތޮށި އުސްކޮށް، ފުޅާކޮށްދެއްވުމަށާއި، ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް އަވަހަށް ކުރިއަށް ގެންގޮސްދެއްވުމަށާއި، މޫދަށް އެރޭނެ ސަރަހައްދެއް ހައްދަވައިދެއްވުމަށް އެދިވަޑައިގެންފަ. މީގެ އިތުރުން މަގުތައް، ފަސްއަޅާ ރަނގަޅުކޮށްދެއްވުމަށާއި ރަށުން ގޯތި ދޫކުރުމަށް ހަދާފައިވާ އުޞޫލު ފާސްކޮށްދެއްވުމަށްވެސް ވަނީ އެދިވަޑައިގެންފަ. ރަށުގައި މިހާރު އޮތް ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކޮށްދެއްވައި، ޓަރފް އަޅައިގެން ބޮޑު ފުޓް ބޯޅަ ދަނޑެއް ހައްދަވައިދެއްވުމުގެ އިތުރުން، ސްކޫލަށް މަލްޓި ޕަރޕަސް ހޯލަކާއި ޞިއްޙީ މަރުކަޒާއި ކައުންސިލް އިދާރާއަށް އައު އިމާރާތެއް ބޭނުންވާކަން މެންބަރުން ވަނީ ފާހަގަކުރައްވާފަ.

ކިޔުންތެރިންގެ ހިޔާލު