ENGLISH
15 އޮކްޓޯބަރު 2025
ކޮމަންޑޫ ކައުންސިލާ ރައީސް ބައްދަލު ކުރެއްވުން
14 އޮކްޓޯބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ށ. ކޮމަންޑޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކޮމަންޑޫ ސްކޫލްގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތާއި، ހުއްޓިފައިވާ ނަރުދަމާގެ މަސައްކަތް ކުރިއަށް ގެންދެވޭނެގޮތެއް ހޯއްދަވައިދެއްވުމާއި، ރަށުން ގޯތި ދޫކޮށްފައިވާ ސަރަހައްދަށް ބޭނުންވާ ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅައިދެއްވުމަށާއި އައިސްޕްލާންޓްގެ މަސައްކަތް އަވަހަށް ފައްޓަވައި، ކުރިއަށް ގެންދެވުމަށް ވަނީ އެދިވަޑައިގެންފަ. މީގެ އިތުރުންވެސް ރަށުގެ މަގުހެދުމާއި ސްޕޯޓްސް ކޮމްޕްލެކްސްއެއް ތަރައްޤީކޮށްދެއްވުމަށް މެންބަރުން ވަނީ އެދިވަޑައިގެންފަ.