ENGLISH

19 އޮކްޓޯބަރު 2025

Advertisement

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ރާއްޖޭގެ ބުކް އޮފް ރެކޯޑް ލޯންޗުކޮށްފި

05 އޮކްޓޯބަރު 2025

|

ހަސަން އާމިރު

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކޮށްފި އެވެ.

މިއީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ރާއްޖެ އިސްތިހާރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގެ ގުދުރަތީ ރީތިކަމާއި، ސަގާފަތް އާލާކޮށް، ދިވެހިންގެ ހުނަރުވެރިކަން ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ފެށި ގައުމީ ފެންވަރުގެ މަސައްކަތެކެވެ.

އޮކްޓޯބަރު 3 ގައި ފާހަގަކުރި ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މި ލޯންޗުކުރި ބުކް އޮފް ރެކޯޑްސް މަސައްކަތުގެ ދަށުން، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ތަފާތު ރެކޯޑުތައް ގާއިމްކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތައް ބަލާލައި ތަފާތު ތަޖުރިބާތަކެއް ކުރުމުގެ ފުރުސަތު ފަހިވެގެން ދާނެ އެވެ.

ފަތުރުވެރިންގެ މެދުގައި މަގުބޫލުކަން ލިބިފައިފައިވާ ވިލުނޫ ފަޅުތަކާއި، މުރަކަ ފަރުތަކާއި ލަގްޒަރީ މެހެމާންދާރީގެ އިތުރުން ރާއްޖެއަކީ ތަފާތު ކުރިއެރުންތައް ހޯދުމަށް ޝައުގުވެރި މަސައްކަތްތަކެއް ކުރެވޭ ގައުމެއްގެ ގޮތުގައި މިކަމުގެ ސަބަބުން ފާހަގަކުރެވިގެން ދާނެ އެވެ. ބުކް އޮފް ރެކޯޑްސްގެ ސަބަބުން މިހާތަނަށް ފަތުރުވެރިންގެ މެދުގައި އޮތް ގުދުރަތީ ރީތި މަންޒިލެއް ދަރަޖައިގެ އިތުރުން، އާދަޔާ ޚިލާފު ރެކޯޑުތައް ގާއިމްކުރުމުގެ ފުރުސަތު އޮތް ގައުމެއްގެ ގޮތުގައި ގިނަ ބަޔަކު ރާއްޖެ ބަލައިގަންނާނެ އެވެ.

ބުކް އޮފް ރެކޯޑްސްގައި މީހުންގެ އެކި ހުނަރުތަކުގެ އިތުރުން ރާއްޖޭގެ އެންމެ ބޮޑު ފަޅާއި، އެންމެ ދުވަސްވީ މިސްކިތާއި، އެންމެ ފުން ޑައިވް ޕޮއިންޓުތައް ގޮތުގައި ތަންތަނަށް ވެސް ލަގަބުތައްދީ ޝާއިއުކުރެވޭނެ އެވެ. މި ކޮންމެ ރެކޯޑެއް ވެސް ވެގެންދާނީ ފަތުރުވެރިންގެ މެދުގައި ތަޖުރިބާކޮށްލުމަށް އާ ވާހަކަތަކަކާއި ކަންތައްތަކެއް ހިމެނޭ މުހިންމު ރެކޯޑުތަކަކަށެވެ. ބުކް އޮފް ރެކޯޑްސް މެދުވެރިކޮށް ދިވެހިންގެ ސަގާފަތާއި ތަރިކަ އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަމުން އަންނަ މަސައްކަތްތައް ދައްކާލައި، ރިސޯޓްތަކުގެ އިތުރުން ދިވެހި ރަށްތަކަށާއި ފޮރުވިފައިވާ ތާރީހީޚީ އެކި ބިނާތަކަށް ފަތުރުވެރިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުވެގެން ދާނެ އެވެ.

މި މަސައްކަތުގެ ސަބަބުން ދިވެހިންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ކުޅިވަރުގެ ދާއިރާއިންނާއި، ކަނޑުފަޅުގެ އެކި ހޯދުންތަކާއި، ދިވެހި ސަގާފަތް އަދި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކާއި ފަންނުވެރިކަމުގެ ރޮނގުން އެކި އެކި ރެކޯޑްތައް ގާއިމްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

"ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ރަމްޒުކޮށްދެނީ ފަތުރުވެރިކަމުގެ އާ ސަފްހާއެއް. މިކަމުގެ ސަބަބުން ދިވެހިންނާއި ރާއްޖޭގެ އެކި ލަނޑުދަނޑިތައް ޝައުގުވެރި އަދި ނަމޫނާ ތަފާތު ހަނދާންތަކަކަށް ވެގެންދާނެ." ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހީމް ޝިއުރީ ވިދާޅުވި އެވެ.

ކުރިއަށް އޮތް ތަނުގައި ބުކް އޮފް ރެކޯޑްސްގައި އާ ކާމިޔާބީތާއި ވާހަކަތައް ޝާއިއުވެގެން ދާނެ އެވެ. މިގޮތުން ދެމެހެއްޓޭ ކޮންމެ ރެކޯޑެއް ވެގެންދާނީ ރާއްޖެ އަންނަ ފަތުރުވެރިން އެނބުރި އައުމަށް ހިތްވަރު ލިބި، މިކަންކަމުގެ ތެރެއިން އެފަރާތްތަކަށް ރާއްޖޭގެ ސަގާފަތާއި ރީތިކަން އިތުރަށް ފެނި ތަފާތު ތަޖުރިބާތަކެއް ކުރެވޭ މަންޒިލެއްގެ ގޮތުގައި ބަލައިގަތުމަށް ލިބޭނެ ހިތްވަރަކަށެވެ.

މި ކާމިޔާބު މަސައްކަތާ އެކު ރާއްޖެއަކީ ހަމައެކަނި ހިތްފަސޭހަ މަންޒިލެއްގެ ގޮތުގައި ބަލައި ނުގަނެ، ރާއްޖެއަކީ ރެކޯޑު ގާއިމްކޮށް ތާރީޚު ލިޔެވި ކޮންމެ ފަތުރުވެރިއަކީ ތަފާތު ތަޖުރިބާއެއް ކުރެވޭ ފަރާތަކަށް ވުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ދައުވަތު ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު