ENGLISH
03 އޮކްޓޯބަރު 2025
އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި
29 ސެޕްޓެމްބަރު 2025
|
އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފެށުން --
އެސްޓީއޯއިން އެލްޖީ ބްރޭންޑުގެ ޓީވީތައް ތައާރަފްކޮށް ވިއްކަން ފަށައިފި އެވެ.
މި ބްރޭންޑް އެސްޓޯއޯއިން ތައާރަފް ކޮށްފައި ވަނީ 28 ސެޕްޓެމްބަރުވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެސްޓީއޯއިން މި ބްރޭންޑް ތައާރަފްކުރުމާއި އެކު "އެލްޖީޓީވީ އިންޓްރޮޑިއުސިންގް އޮފާ" ގެ ދަށުން ވަރަށް ހާއްސަ އަގުތަކެއްގައި ކަސްޓަމަރުންނަށް އެލްޖީ ޓީވީ ބައްލަވައިގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އެގޮތުން، މި އޮފާ ގެ ދަށުން ވިއްކާ އެލްޖީ ޓީވީ ތަކުން 10% އާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ އެވެ. މި އޮފާގެ ދަށުން ޓީވީ ބައްލަވައިގަތުމުގެ އެންމެ ފަހު ތާރީހަކީ އޮކްޓޫބަރު ނުވަވަނަ ދުވަހެވެ.
އެލްޖީ ބްރޭންޑުގެ ޓީވީ ތަކަކީ އާއްމުންގެ މެދުގައި މަޝްހޫރު އިތުބާރު ލިބިފައިވާ ބްރޭންޑެކެެވެ.