ENGLISH
03 އޮކްޓޯބަރު 2025
މަޓާޓޯގެ ސީއީއޯގެ މަގާމަށް ބައްސާމް އައްޔަންކޮށްފި
29 ސެޕްޓެމްބަރު 2025
|
މަޓާޓޯގެ އާ ސީއޯއޯ ބައްސާމް. --ފޮޓޯ: ދި އެރައިވަލް
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާރ އޮޕަރޭޓާސް (މަޓާޓޯ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް މުހައްމަދު ބައްސާމް އާދަމް މިއަދު އައްޔަންކޮށްފި އެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރެއްވި ބައްސާމު، މަޓޯޓާގެ ސީއީއޯގެ މަގާމަށް ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލި މީހުންގެ ތެރެއިން އިންޓަވިއު ކުރުމަށް ފަހު އެންމެ މަތިން މާކްސް އޭނާ އަށް ލިބުމުންނެވެ.
ޓޫރިޒަމް ދާއިރާގެ އެކި މަސައްކަތްތަކުގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖްރިބާ ލިބިފައިވާ ބައްސާމް އެމްއެމްޕީއާރްސީގައި ހުންނެވި ދުވަސްވަރު އޭނާ ވަނީ ޑެސްޓިނޭޝަން މާކެޓިން އަށް އިސްކަން ދެއްވައިފަ އެވެ. ހޮސްޕިޓާލިޓީ ޓޫރިޒަމްގެ ދާއިރާއިން އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބައްސާމް ވަނީ، ރާއްޖެ އިސްތިހާރު ކުރަން ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ހިންގި މާކެޓިން ގިނަ ހަރަކާތްތަކެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
މަޓޯޓާގެ ސީއީއޯގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އާމިނަތު ސޫޒަން އިސްތިއުފާ ދެއްވުމުންނެވެ.