ENGLISH
03 އޮކްޓޯބަރު 2025
ގާދިއްފުށީގެ އިސްވެރިންނާއި ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުން
26 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކޮޅުމަޑުލު ގާދިއްފުއްޓަށް ވަޑައިގެން، އެރަށުގެ އިސްވެރިންނާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ރަށުގެ ތަރައްޤީއާ ގުޅުންހުރި ކަންކަމުގައި ޚިޔާލުބަދަލުކުރައްވައި، މަޝްވަރާކުރައްވައިފި. މި މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ، ގާދިއްފުށީ ޕްރީސްކޫލްގައި، މިއަދު މެންދުރުފަހު. މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ރަށުގައި ފެށިގެން ދިޔަ މަޝްރޫޢުތަކަކީ، ގާދިއްފުށީގެ ތަރައްޤީއަށް ނުހަނު މުހިންމު މަޝްރޫޢުތަކެއްކަން ފާހަގަކުރައްވައި، މި މަޝްރޫޢުތައް ކުރިއަށްގެންގޮސް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވި. އެގޮތުން މިއަދުގެ ބައްދަލުވުމުގައި ގާދިއްފުށީ ބިންހިއްކުމުގެ މަޝްރޫޢުގައި، ސޮއިކުރައްވާފައިވާއިރު، މި މަޝްރޫޢު ނިމިގެންދާއިރު، ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލަ ވެސް ހައްލުކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި.