ENGLISH

03 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ތ. ހިރިލަންދޫއަށް ވަޑައިގަތުން

25 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތ. ހިރިލަންދުއަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ހަތަރު އަތޮޅުގެ 31 ރަށަކަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި ހިރިލަންދޫގައި ވެސް ގިނަ މަޝްރޫޢުތަކެއް ވަނީ ފައްޓަވާފައި. އޭގެ ތެރޭގައި އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް ފެށިއިރު، އެރަށުގައި އައު މިސްކިތާއި، ކައުންސިލު އިދާރާގެ އިތުރަށް ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ. ހިރިލަންދޫ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު. އެމަނިކުފާނުގެ އަރިހުގައި ހިރިލަންދޫ ހިމެނޭ ކިނބިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު އަލީ އަޝްރަގާއި ހިރިލަންދޫ ކައުންސިލުގެ ރައީސްގެ އިތުރަށް ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު ބައިވެރިވެވަޑައިގަތް. ހަމައެހެންމެ ބައެއް ރަަށްރަށުގައި އައު ކައުންސިލު އިދާރާ ބިނާކުރުމަށް އާރްސީސީއާ ހަވާލުކޮށްގެން ހިންގަމުންދާ ބޮޑު މަޝްރޫއުގެ ދަށުން، ތ.ހިރިލަންދޫ ކައުންސިލު އިދާރާގެ ބިންގާ އަޅުއްވައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ލޯކަލް ގަވަމެންޓު މިނިސްޓަރ އާދަމް ޝަރީފު އުމަރު. ހިރިލަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު. 

ކިޔުންތެރިންގެ ހިޔާލު