ENGLISH

03 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ތ. ކިނބިދޫއަށް ވަޑައިގަތުން

25 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތ. ކިނބިދު އަށް ވަޑައިގަތުމުން އެ ރަށުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ. ހަތަރު އަތޮޅުގެ 31 ރަށަކަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި ކިނބިދޫގައި ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކިނބިދޫއަށް ވަޑައިގެން އެރަށުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، މުހިއްމު ތިން މަޝްރޫޢެއްގެ މަސައްކަތް ފައްޓަވައިދެއްވައިފަ. ކިނބިދޫގައި އޭޓީއެމްގެ ޚިދުމަތް ފެށިއިރު، އެރަށުގައި އަލަށް ކުރިއަށްގެންދަނީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތާއި، މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އިތުރުން އެރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އިމާރާތްކުރުމުގެ މަސައްކަތް.  

ކިޔުންތެރިންގެ ހިޔާލު