ENGLISH
03 އޮކްޓޯބަރު 2025
ރައީސުލްޖުމްހޫރިއްޔާ، ތ. ވިލުފުށި ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން
24 ސެޕްޓެމްބަރު 2025
|
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވިލުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި. މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާގަ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ. އެގޮތުން ކައުންސިލުން ވަނީ، ސަރުކާރުން އަލަށް އިމާރަތްކޮށްފައިވާ 100 ހައުސިން ޔުނިޓުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރެއްވުމަށްފަހު، ޙައްޤުވެރީންނަށް އެ ޔުނިޓުތައް އަވަހަށް ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންފަ. މީގެ އިތުރުން، ބަނދަރު އިތުރަށް ފުންކޮށް، ފުޅާކޮށްދެއްވުމަށާއި، ކުދި ޑިންގީއަށް ޖެޓީއެއް ހައްދަވައިދެއްވުމަށާއި، ރަށުގެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވި.