ENGLISH

03 އޮކްޓޯބަރު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާ، ތ. ވިލުފުޓަށް ވަޑައިގަތުން

24 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތ. ވިލުފުއްޓަށް ވަޑައިގެން އެ ރަށުގެ ކުޑަކުދިންތަކަކާ ސަލާމް ކުރައްވަނީ. ހަތަރު އަތޮޅުގެ 31 ރަށަކަށް ކުރައްވާ ރައީސްގެ މި ދަތުރުފުޅުގައި ވިލުފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވި. އޭގެ ތެރޭގައި އެ ރަށުގެ އެއާޕޯޓާއި ހޮސްޕިޓަލްގެ މަސައްކަތް ނިންމައިދެއްވާނެ ކަމަށް ވިދާޅުވި. ރައީސް ވިދާޅުވީ ގިނަވެގެން 30 މަސްދުވަސްތެރޭ، 1800 މީޓަރުގެ ރަންވޭއަކާ އެކު އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ނިންމަވައިދެއްވާނެ ކަމަށް. އަދި ހޮސްޕިޓަލް ވެސް 18 މަސް ދުވަސް ތެރޭ ނިންމަވައިދެއްވާނެ ކަމަށް ވިދާޅުވި. ވިލުފުށީގައި އަންނަ އަހަރު، ގޯތީގައި ގެ އެޅުމަށް ބޭނުންވާ ފަރާތްތަކަށް އެ އިޚުތިޔާރު ލިބޭގޮތަށް، 100 ހައުސިންގ ޔުނިޓު އެޅުމުގެ މަޝްރޫޢެއް ކުރިއަށްގެންދެވުމަށް ވަނީ ނިންމާފައި. ބޭންކް އޮފް މޯލްޑިވްސް ގެ އޭ.ޓީ.އެމް ޚިދުމަތް ފައްޓަވައިދެއްވައި، ބޭންކް އޮފް މޯލްޑިވްސް ވިލުފުށީ ބްރާންޗްގެ ބިންގާވެސް ވަނީ އަޅާފައި. އަންނަ އަހަރުގެ ބަޖެޓުގެ ތެރެއިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް އެ ރަށުގައި ޤާއިމުކުރެއްވުމުގެ މަސައްކަތާއި، ރަށުގެ ބަނދަރު ފުންކޮށް، ފުޅާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވާނޭކަމަށް ރައީސް ވިދާޅުވި. އަދި އެ ރަށުގެ އުމަރު ފާރޫގު މިސްކިތް އިސްލާމީ މަރުކަޒަކަށް މިހާރު ވަނީ ބަދަލުކޮށްފަ. ވިލުފުށީ މަގުހެދުމުގެ މަޝްރޫޢު ރިންގް ރޯޑުވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދަން ނިންމައި ފުޓުބޯޅަ ދަނޑު ތަރައްޤިކުރުމުގެ މަޝްރޫޢުގެ އިތުރުން، ފުޓްސަލް އަދި ހޭންޑްބޯލް ކުޅެވޭ ކޯޓެއްގެ މަސައްކަތް މި އަހަރު ފައްޓަވާނޭކަމަށް ރައީސް ވަނީ ވިދާޅުފަ. އަދި ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ސްޕޯޓްސް ފިޝިންއަށް ބޭނުންވާ ކަނދުފައްޗެއް އަޅުއްވައިދެއްވާނޭކަމަށް އެމަނިކުފާނު ވިދާޅުވި. ޢުމްރާނީ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއް ރޭވިފައިވާ ވިލުފުށީގައި ޕަބްލިކް ވަރކްސް ޔުނިޓެއްވެސް ޤާއިމުކުރައްވާނޭކަމަށް ރައީސް ވިދާޅުވި. ވިލުފުށީގައި މިހާރު ވަނީ ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ވެސް ރަސްމީގޮތުން ފައްޓަވާފައި.

ކިޔުންތެރިންގެ ހިޔާލު