ENGLISH
03 އޮކްޓޯބަރު 2025
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މަންޓާ ފޯރަމް 2025ގައި ބައިވެރިވެއްޖެ
22 ސެޕްޓެމްބަރު 2025
|
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން މަންޓާ ފޯރަމް ގައި ބައިވެރިވުން --
ރިސޯޓް ހޮލިޑޭޒް އިން އިންތިޒާމުކޮށްގެން ރަޝީޔާގެ ވެރިރަށް މޮސްކޯގައި ބެއްވި މަންޓާ ފޯރަމް 2025 ގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ބައިވެރިވެއްޖެ އެވެ.
ރަޝިޔާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 110 ރިސޯޓް/ހޮޓާ، އަދި ޓްރެވަލް އޭޖަންޓުން ބައިވެރިވި މި ފޯރަމްގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިޢުރީ ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މިއީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް މަންޒިލް ކަމަށްވާ ރަޝީޔާގެ މާކެޓްގައި ދިވެހި ރާއްޖެ ތަމްސީލްކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންދޭ އަހައްމިއްޔަތުގެ ރަމްޒެއް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.
މިއަހަރުގެ ފޯރަމްގައި، ރާއްޖޭގެ ލަގްޒަރީ ޓްރެވަލް ސެގްމަންޓުގެ އިތުރުން، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
އެއްދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި ފޯރަމުގެ ސަބަބުން ސީއައިއެސް ޤައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ހިއްސާދާރުންނާ ވަކިވަކީން ބައްދަލުކުރެވި، ރާއްޖެ އިސްތިހާރުކުރުމަށް ކުރެވޭނެ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާ ކޮށްފައިވެ އެވެ.