ENGLISH

03 އޮކްޓޯބަރު 2025

Advertisement

ނިލަންދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލު ކުރެއްވުން

20 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ފ. ނިލަންދޫ ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވަނީ. މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފަ. މި ގޮތުން ކައުންސިލުންވަނީ މިހާރު ތަރައްޤީކުރަން ފަށާފައިވާ އެއާޕޯޓް އަވަހަށް ނިންމައިދިނުމާއި، އެއާޕޯޓް މަޝްރޫޢުގެ ތެރެއިން ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމަށް އެދިވަޑައިގެންފައި. މީގެ އިތުރުން، ފެނާއި ނަރުދަމާގެ މައްސަލަ އަދި ކަރަންޓު ނެޓްވޯރކަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދެއްވުމަށް އެދިވަޑައިގެންނެވި. އަދި ރަށުގައި ޞިއްޙީ ޚިދުމަތް ރަގަޅުކޮށްދެއްވުމާއި 500 ހައުސިންގ ޔުނިޓް އަޅައިދެއްވުމުގެ އިތުރުން ރަނގަޅުފެންވަރަށް މަގު ހައްދަވައިދެއްވުމަށްވެސް އެދިވަޑައިގެންނެވި. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފަ. 

ކިޔުންތެރިންގެ ހިޔާލު