ENGLISH

17 ސެޕްޓެމްބަރު 2025

Advertisement

"ކުރިމަގު ސައްލާ"ގެ ފުރަތަމަ ބައްދަލުވުން ތިލަދުންމަތީގައި މާދަމާ އޮންނާނެ

16 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބައްދަލްވުމެއް ކުރިއަށް ދަނީ

ދިވެހިރާއްޖޭގެ 20 އަހަރުގެ ކުރިމަގު ބިނާ ކުރުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމަށް "ކުރިމަގު ސައްލާ"ގެ ނަމުގައި ބާއްވާ، ރައްޔިތުންގެ ބައްދަލުވުންތަކުގެ ސިލްސިލާގެ ފުރަތަމަ ބައްދަލުވުން، ތިލަދުންމަތީގައި ފެށުމަށް ތާވަލުކޮށްފި އެވެ.

އެގޮތުން މި ސައްލާގެ އެންމެ ފުރަތަމަ ބައްދަލުވުން މާދަމާ ހއ ހޯރަފުށީ އަތޮޅު މަދަރުސާގައި ބާއްވަން ވިލުންތެރި ރާއްޖެ 2045 އޮފީހުން ވަނީ ނިންމާފައެވެ

ތިލަދުންމަތީގައި މާދަމާ މި ފަށާ ކުރިމަގު ސައްލާތައް ތިލަދުންމަތީ އުތުރުބުރިއާއި ތިލަދުންމަތީ ދެކުނުބުރީގެ ހުރިހައި ރަށެއްގައި މި މަހުގެ ނިޔަލަށް ނިންމަން ވަނީ ތާވަލުކޮށްފައެވެ. 

ކުރިމަގު ސައްލާ ބައްދަލުވުމަކީ ރަށުގެ ކުދިބޮޑު ހުރިހައި ރައްޔިތުންގެ ބައިވެރިވުން ހިމެނޭހެން، އަދި ހުރިހައި ދާއިރާއަކަށް ދައުވަތު އަރުވައިގެން ކުރިއަށް ގެންދާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުންތައް އޮންނާނެ ދުވަހާއި ތަނާއި ގަޑީގެ ތަފްޞީލްތައް އެރަށެއްގެ ކައުންސިލްގެ ފަރާތުންނާއި، ވިލުންތެރި ރާއްޖެ 2045 ގެ ޓީމުން އަދި މީޑިއާތަކުން ވެސް ޢާންމު ކުރާނެއެވެ.

ކުރިމަގު ސައްލާ އަކީ ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖެއަށް ގެންނަން ބޭނުންވާ ތަރައްޤީ ރައްޔިތުން ތަޞައްވުރު ކުރާ ގޮތް ހޯދުމަށް ވިލުންތެރި ރާއްޖެ 2045 ގެ ޓީމުގެ ފަރާތުން ކުރިއަށް ގެންދާ ރަށު ބައްދަލުވުން ތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު