ENGLISH
16 ސެޕްޓެމްބަރު 2025
ސީއެސްސީގެ ރައީސަކަށް މުޖްތާޒް، ނާއިބަކަށް ނާސިޙް
16 ސެޕްޓެމްބަރު 2025
|
ސީއެސްސީގެ ރައީސް މުޖްތާޒް އަދި ނާއިބު ރައީސް ނާސިޙް --
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސް ކަމަށް، މއ. ސިގްމާ، އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް މ. ފަލްކަންގެ، މުޙައްމަދު ނާޞިޙް މިއަދު ޢައްޔަންކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި ދެ ބޭފުޅުން މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނުގެ 17 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ކަމަށެވެ.
ކޮމިޝަންގެ ރައީސަކަށް އައްޔަނުކުރެއްވި އަލްއުސްތާޛު މުޙައްމަދު މުޖްތާޒް އަކީ ކުރީން އެ ކޮމިޝަންގެ ނާއިބު ރައީސެވެ. އަދި ނާއިބަކަށް އައްޔަނުކުރެއްވި މުޙައްމަދު ނާޞިޙް އަކީ ނިމިދިޔަ ދައުރުގައި ސީއެސްސީގެ ރައީސެވެ.
ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޑރ. ދީބާ މޫސާ އާއި، ޑރ. ހުސައިން ފާއިޒް އަދި މުހައްމަދު ނާސިޙު އައްޔަނުކުރަން ފާސްކޮށްފައި ވަނީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު އެވެ.