ENGLISH

13 ޖުލައި 2025

Advertisement

ހަތަރު ގައުމަކުން ފުލުހުން ބައިވެރިކޮށްގެން ފޮރެންސިކް ޑައިވިން ކޯހެއް ކުރިއަށް ގެންގޮސްފި

13 ޖުލައި 2025

|

ޢަލީ ޝަހީމް

ދ. ވާނީގައި ކުރިއަށްގެންދިޔަ ކޯސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ޕޮލިސް

ހަތަރު ގައުމަކުން ފުލުހުން ބައިވެރިވި ފޮރެންސިކް ޑައިވިން ކޯސް ނިންމާލައިފިއެވެ. 

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ހަތަރު ގައުމުގެ 10 ބައިވެރިންނާއެކު ކޯސް ކުރިއަށްގެންދިޔައީ ދ. ވާނީގައި ކަމަށެވެ. 

"އޯޕަން ވޯޓަރ ޑައިވް، އެޑްވާންސްޑް އޯޕަން ވޯޓަރ ޑައިވް، އީ.އެފް.އާރް ރެސްކިއު ޑައިވް، އަދި ފޮރެންސިކް ޑައިވަރ ކޯސް" ނަމުގައި ކޯހުގެ ސެޝަންތައް ކުރިއަށްގެންދިޔައީ ވާނީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް.އީ) ކެމްޕަހުގައެވެ. 

ކޯސް ކުރިއަށް ގެންދިޔައީ ޖޫން 1 ވަނަ ދުވަހުން ފެށިގެން ޖުލައި 10 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ރާއްޖޭގެ އިތުރުން ބައިވެރިވީ ސައުދީ އަރަބިއްޔާ، ކެމްބޯޑިޔާ އަދި ސްރީ ލަންކާގެ ފުލުހުންނެވެ. ހުރިހާ ބައިވެރިން ކޯސް ފުރިހަމަ ކުރިއިރު، ބައިވެރިންގެ ތެރޭގައި ދިވެހި 5 ފުލުހަކު ހިމެނުނެވެ. 

ކޯސް ފުރިހަމަކުރި ބައިވެރިއަކަށް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ސެޓްފިކެޓް ޙަވާލުކޮށްދެއްވަނީ. ފޮޓޯ: ޕޮލިސް

ކޯހުގެ މައިގަނޑު އަމާޒަކީ މޫދު އަޑީގައި ތަހުގީގު ހިންގުމުގެ ގާބިލުކަން އިތުރުކޮށް، ފޮރެންސިކް ޑައިވިން އޮޕަރޭޝަންތަކަށް ބޭނުންވާ ފަންނީ އަދި އަމަލީ ހުނަރުތަކުން އޮފިސަރުންނަށް ތަމްރީނު ދިނުމެވެ. 

ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ. ކޮމިޝަނަރު ވަނީ ކޯސް ފުރިހަމަކުރި ބައިވެރިންނަށާއި، ކިޔަވައިދެއްވި އިންސްޓްރަކްޓަރުން އަދި ކޯހުގެ ކަންކަން ފަހިކޮށްދިނުމުގައި އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ. 

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވަނީ ކޯސް ފުރިހަމަކުރި ބައިވެރިންނަށް މަރުޙަބާ ދަންނަވައި، ފޮރެންސިކް ޑައިވިން ފަދަ ފުލުހުންގެ ހާއްސަ ހުނަރުތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު