ENGLISH

14 ޖުލައި 2025

Advertisement

ނުރައްކާތެރި އެކްސިޑެންޓެއް ހިންގާ ތިން މީހަކަށް އަނިޔާވެއްޖެ، ދެ މީހެއްގެ ހާލު ސީރިއަސް

13 ޖުލައި 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ ޚިދުމަތުގެ މައި އިދާރާ --

މާލެ މާފަންނު ބަސް ޓާމިނަލް ކައިރީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ބަޔަކަށް އަނިޔާވެއްޖެ އެވެ.

އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް އިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. އެވަގުތު އެ ސަރަޙައްދުން ދަތުުކުރި ޕިކަޕެއްގައި ވެސް ޖެހުނެވެ.

އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވެ އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. ފުލުހުން ބުނީ ދެ މީހެއްގެ ޙާލު ސީރިއަސް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު