ENGLISH

02 ޖުލައި 2025

Advertisement

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ބޭއްވި "މޫދު ފެސްޓު"

21 ޖޫން 2025

|

ހަސަން އާމިރު

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ގިނަ ހަރަކާތްތަކަކާއި އެކު "މޫދު ފެސްޓް" ފަށައިފި. މި ހަރަކާތް ކުރިއަށް ގެންދިޔައީ ހުޅުމާލޭ ފޭސް 1 ގެ ގޮނޑުދޮށުގައި.  "މޫދު ފެސްޓް" ގައި ކަނޑުގެ މައުލޫމާތު ދިނުމަށްޓަކައި ގިނަ ސްޓޯލްތަކެއް ވަނީ ބެހެއްޓިފަ. މި ފެސްޓިވަލްގައި މިނިސްޓްރީއާއި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، ވިޔަފާރިތަކާއި، ތިމާވެށި ދާއިރާގެ އެންޖީއޯތަކާއި، އަދި ކާބޯތަކެތި ވިއްކާ ފަރާތްތައް ބައިވެރިވި. މި ހަރަކާތުގައި ކުޑަކުދިންނާ އަދި އާއިލާތަކަށް ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުން މައުލޫމާތު ދިނުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާއިން ކުރިއަށްދެވޭނެ ފުރުސަތު ހޯދައިދިނުމަށް ސްޓޯލްތަކުގައި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވޭ.

ކިޔުންތެރިންގެ ހިޔާލު