ENGLISH

02 ޖުލައި 2025

Advertisement

4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވާލެއްވުން

20 ޖޫން 2025

|

ހަސަން އާމިރު

ދިވެހި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދަވާ އެކި މަޝްރޫޢުތަކުގެ ތެރެއިން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ބައްލަވައިލައްވައިފި. މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢާ ބެހޭ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވެވި. ހަތަރު ހާސް ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފަ. ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުން. އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުން.

ކިޔުންތެރިންގެ ހިޔާލު