ENGLISH
01 ޖުލައި 2025
ހައްޖުގެ އަޅުކަމަށް ރައީސްގެ ދެކަނބަލުން ސަޢުދީ އަށް ވަޑައިގަތުން
31 މޭ 2025
|
މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ސަޢުދީ އަރަބިއާ އަށް ވަޑައިގެންފި. މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަނޭޝަނަލް އެއާޕޯޓުން ރައީސް އަށް މަރުހަބާ ދެންނެވީ މަދީނާގެ ޑެޕިއުޓީ ގަވަރުނަރު އަބްދުލް މުހްސިން ހަމީދު. އަދި ރާއްޖެ އިން ސަޢުދީ އަރަބިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަރީރު ވެސް ރައީސްގެ ވަފުދުގެ އިސްތިގްބާލުގައި ހުންނެވި. މަދީނާގެ އެއާޕޯޓުން ރައީސް އަށް ވަނީ ގާޑް އޮފް އޮނާއެއް އަރުވައިފަ.