ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާގައި ޙަމަލާތައް ހުއްޓައިލުމަށް އެމެރިކާގެ އާ ހުށަހެޅުމުގައި ޙަމާސްގެ ޝަރުތުތަކެއް ނުހިމެނޭ

30 މޭ 2025

|

ހަސަން އާމިރު

ފަލަސްޠީނުގެ ޣައްޒާގައި އިޒްރޭލުން ހިންގަމުންދާ ނަޞްލު ހޭދަކުރުމުގެ ޢުދުވާނުތައް އަލުން ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ އާ ހުށަހެޅުމުގައި، ޙަމާސް ޖަމާޢަތުގެ ޝަރުތުތައް ހިމަނާފައިނުވާ ކަމަށް އެ ޖަމާޢަތުން ބުނެފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޙާއްސަ މަންދޫބު، ސްޓީވް ވިޓްކޮފް އިސްވެ ހުށަހަޅުއްވާ ހުށަހެޅުމަށް އިޒްރޭލުން އެއްބަސްވެފައިވާކަމަށް ވައިޓް ހައުސްއިން ވަނީ ބުނެފައެވެ.

ޙަމާސްގެ ތަރުޖަމާނު ބައްސާމް ނާއިމް ވިދާޅުވީ ވިޓްކޮފްގެ ފަރާތުން އެ ހުށަހެޅުން ރަސްމީކޮށް ލިބިފައިވިޔަސް، އެ ހުށަހެޅުމުގައި ޣައްޒާގެ ރައްޔިތުން ހައްޤުތައް ކަށަވަރުވާ ގޮތަށް، ޙަމާސްއިން ޝަރުތުކުރާ ކަންކަން ނުހިމެނޭ ކަމަށެވެ.

މިގޮތުން، އިޒްރޭލުން ޣައްޒާގެ ރައްޔިތުން ބަނޑަށްޖައްސައިގެން، އިޒްރޭލުން ހިންގަމުންދާ ޤަތުލުއާންމަށް ދާއިމީ ނިމުމެއް ގެނެވޭނެ އެއްވެސް މަގެއް ވެސް އެ ހުށަހެޅުމުގައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އެމެރިކާގެ އެ ހުށަހެޅުން ޙަމާސްގެ އިސް ވެރިން ވަރަށް ތަފްޞީލީ ގޮތެއްގައި ދިރާސާކުރަމުންދާ ކަމަށް ނާއިމް ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 53,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު