ENGLISH
20 ޖޫން 2026
ކްލަސިކް: ބީސީސީ، ޕީއެސްއެމް އަދި ކުޅިވަރާ ބެހޭ ވުޒާރާއަށް ރަނގަޅު ފެށުމެއް
20 ޖޫން 2026
|
ކްލަސިކުގައި ބީސީސީ އާއި ފައިނޭންސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކްލަސިލް 2026 ގެ ފެށުން ކުލަބު ބީސީސީ، ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އަދި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަނގަޅުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 19 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭ، ބީ އަދި ސީގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ޑީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން ބީސީސީ މޮޅުވީ ފައިނޭންސް ރެކްރިއޭޝަން ކުލަބު އަތުން 4-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބީސީސީގެ ލަނޑުތައް ޖަހައިދިނީ މުޙައްމަދު ނިހާލް ނަޝީދު އަދި އަބްދުالله ލޫތު އިބްރާހީމެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. މި މެޗުގައި ފައިނޭންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހަސަން އަޒުވާން އަދި އަބްދުالله ޒުހާން ހަސަން މުޙައްމަދެވެ.
ކްލަސިކުގައި ކުޅިވަރާ ބެހޭ ވުޒާރާ އާއި ދިވަރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ކުޅިވަރާ ބެހޭ ވުޒާރާއިން ވަނީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއަށް ނިސްބަތްވާ ދިވަރު ރެކްރިއޭޝަން ކުލަބު ބަލިކޮށްފައެވެ. މި މެޗުގައި ކުޅިވަރާ ބެހޭ ވުޒާރާގެ އިބްރާހީމް ސިމާހު ހަތަރު ލަނޑު ޖެހިއިރު، އެ ޓީމުގެ މުޙައްމަދު ސުހައިލް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ދެން އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އަލީ، ނާއިފް ޝަފީގު، މުޙައްމަދު ސާޖިދު އަދި ޝިޒާން ޝަހީމެވެ. އަދި ދިވަރުގެ އިސްމާޢީލް ނަސްރު އަތުން ބައިކޮޅަށް ލަނޑެއް ވަނީ ވަދެފައެވެ.
ކްލަސިކުގައި ބިނާރާ އާއި އެމްއެމްއޭ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ސީގައި ރޭ މިދިޔަ އަހަރުގެ ރަނަރަޕް ކުލަބު ބިނާރާ އާއި އެމްއެމްއޭ ސްޕޯޓްސް ކުލަބު ބައްދަލުކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ބިނާރާގެ ހުމައިދު އަބްދުالله އެ ޓީމަށް ލީޑު ނަގައިދިންއިރު، އެމްއެމްއޭގެ ނާއިފް މުޙައްމަދު އަތުން ވަނީ ބައިކޮޅަށް ލަނޑެއް ވަދެފައެވެ. މި މެޗުގައި އެމްއެމްއޭގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަންސަރު އިބްރާހީމެވެ.
ކްލަސިކުގައި ޕީއެސްއެމް އާއި ތަޢުލީމީ ގުޅުން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ޕީއެސްއެމްއިން ވަނީ ތަޢުލީމީ ގުޅުން އަތުން 3-2 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި މެޗުގައި ޕީއެސްއެމްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަލީ އަފްސަލް އިބްރާހީމް، އަލީ ޝިމާހު އަދި ރިމާހު އަޙްމަދެވެ. ތަޢުލީމީ ގުޅުމުގެ ލަނޑުތައް ޖަހައިދިނީ އަލީ އިރުފާދު އަދި މުޙައްމަދު ފިޒާލެވެ.
ކްލަސިކް މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުގެރެއެވެ.