ENGLISH

02 ޖުލައި 2025

Advertisement

ލަންކާގެ މައި އެއަރޕޯޓުން ރެކޯޑު އަދަދެއްގެ ކޮކެއިން އަތުލައިގެންފި

30 މޭ 2025

|

ހަސަން އާމިރު

ސްރީލަންކާގެ މައި ވައިގެ ބަނދަރުން ރެކޯޑު އަދަދަކަށް ކޮކެއިން އެތެރެކުރަން އުޅެނިކޮށް ހުއްޓުވައި، އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ އެޑިޝަނަލް ޑިރެކްޓަރ ޖެނެރަލް ސީވަލީ އަރުކްގޮޑަ ވިދާޅުވީ، ތިން ސޮފްޓް-ޓޯއީއެއްގެ ތެރޭގައި ފޮރުވައިގެން 10 ކިލޯގެ ކޮކެއިން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފައިވަނީ، އުމުރުން 38 އަހަރުގެ ތައިލެންޑުގެ ރައްޔިތެއް ކަމަށެވެ.

"މިއީ މި އެއަރޕޯޓުގެ ތާރީޚުގައި އަތުލައިގަނެވުނު އެންމެ ގިނަ އަދަދެއްގެ ކޮކެއިން،" އޭނާ ވިދާޅުވިއެވެ.

ކުދިކުދި ކޮތަޅުތަކުގައި ބަންދުކޮށް، އެ ސޮފް ޓޯއީސްގެ ތެރޭގައި ފޮރުވާފައިހުރި ކޮކެއިންގެ މަގުމަތީގެ އަގު 1.72 މިލިއަން ޑޮލަރަށް އަރާނެކަމަށް ލަންކާ ކަސްޓަމްސްއިން ވަނީ ލަފާކޮށްފައެވެ.

މިއީ ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިން ވަނަ ފަހަރެވެ.

މިގޮތުން، ތަފާތު ދެ މައްސަލައެއްގައި 60 ކިލޯގެ ސިންތެޓިކް ކެނެބިސް އެތެރެކުރަން އުޅެނިކޮށް އިނގިރޭސިވިލާތާއި، އިންޑިޔާ އަދި ތައިލެންޑުގެ ރައްޔިތުން ވަނީ ހައްޔަރުކޮށްފައެވެ.

އެ މައްސަލަތައް ސާބިތުވެއްޖެ ނަމަ، ލަންކާގެ ޤާނޫނުގެ ދަށުން އުމުރަށް ޖަލަށް ލުމުގެ ފުރުޞަތު އޮންނާނެއެވެ.

ލަންކާގެ އިދާރާތަކުން ޤަބޫލުކުރާ ގޮތުގައި، އެ ޤައުމަށް މަސްތުވާތަކެތި އެތެރެކުރަނީ އެހެން ސަރަޙައްދުތަކަށް ސަޕްލައި ކުރުމަށް ހަބެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު