ENGLISH

02 ޖުލައި 2025

Advertisement

އީލޮން މަސްކް އެމެރިކާ ސަރުކާރުން ވަކިވަނީ

29 މޭ 2025

|

ހަސަން އާމިރު

އެމެރިކާގެ ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް އުފައްދާފައިވާ އިދާރާ ހިންގުމުގެ ޒިންމާ ރައީސް ޑޮނަލްޑް ޓްރަމްޕް ހަވާލުކުރައްވާފައި ހުންނެވި، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނު އީލޮން މަސްކް އެ މަޤާމު ދޫކޮށްލަން ނިންމަވާފައިވާކަން އިޢުލާނުކުރައްވައިފިއެވެ.

"ސަރުކާރުގެ ހާއްސަ މުވައްޒަފެއްގެ" ގޮތުގައި އޭނާއާ ޙަވާލުކޮށްފައިވަނީ ސަރުކާރު ހިންގުމުގެ ތެރެއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް މަދުކުރުމަށް އުފައްދާފައިވާ ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިކަސީ (ޑޯޖް) ހިންގުމެވެ.

މަސްކް، އޭނާގެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާގެ ދައުރު ހަމަވުމާ އެކު ސަރުކާރުން ވަކިވާން ނިންމަވާފައިވާ ކަމަށެވެ.

ނަމަވެސް، މަސްކް އެމެރިކާގެ ސަރުކާރުން ވަކިވާން ނިންމަވާފައިމިވަނީ، ސަރުކާރުގެ ޚަރަދާ ގުޅޭ ގާނޫނެއް ފާސްކުރި މައްސަލާގައި ޓްރަމްޕްއާ ޚިޔާލުތަފާތުވެފައިވަނިކޮށެވެ.

މަސްކް ޤަބޫލުކުރައްވާ ގޮތުގައި، އެ ޤާނޫނު އެކުލަވާލާފައިވަނީ، ޑޯޖްއިން ޚަރަދުތައް ކުޑަކޮށް، އިސްރާފުތައް ހުއްޓުވަން ކުރި މަސައްކަތްތަކުގެ ވެސް ބޭނުން ކެނޑޭ ގޮތަށެވެ.

ކިޔުންތެރިންގެ ހިޔާލު