ENGLISH

01 ޖުލައި 2025

Advertisement

އައިޖީއެމްއެޗްގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް، ރައީސް އިފްތިތާޙުކޮށްދެއްވުން

27 މޭ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ޤާއިމުކޮށްފައިވާ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގް އިފްތިތާޙުކޮށްދެއްވައިފި. ރައީސް އިފްތިތާޙުކޮށްދެއްވި 75 އެނދުގެ މަލްޓި-ސްޕެޝަލިޓީ ސަރޖިކަލް ވިންގްގައި ޖެނެރަލް ސަރޖަރީތަކާއި، ނިއުރޯ ސަރޖަރީތަކާއި ޕްލާސްޓިކް ސަރޖަރީތަކާއި، އޯތޯ ސަރޖަރީތަކާއި ޔޫރޮލޮޖީގެ ސަރޖަރީތައް ކުރާ ބަލިމީހުން އެޑްމިޓްކުރެވޭނެ. މި ވިންގާ އެކު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ އެނދުގެ ޖުމުލަ ޢަދަދު މިވަނީ 510 އަކަށް އިތުރުކުރެވިފަ.

ކިޔުންތެރިންގެ ހިޔާލު