ENGLISH

01 ޖުލައި 2025

Advertisement

މައްކާ ރޫޓު އިނިޝިއޭޓިވްގެ ޗެއާމަން އަލްޔަޙްޔާ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރެއްވުން

26 މޭ 2025

|

ހަސަން އާމިރު

މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިންގ ކޮމިޓީގެ ޗެއަރމަން އަދި ހިޒް ރޯޔަލް ހައިނަސް ދަ މިނިސްޓަރ އޮފް އިންޓީރިއަރގެ އެޑްވައިޒަރ، ހިޒް އެކްސެލެންސީ ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި. ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވިކަމަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ސަޢޫދީ ސަރުކާރަށް ޝުކުރުއަދާކުރައްވާކަން ހާމަކުރައްވާފަ. އަދި އެ ނިންމެވުމުން ހާމަކޮށްދެނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި.

ކިޔުންތެރިންގެ ހިޔާލު