ENGLISH
01 ޖުލައި 2025
1446 ވަނަ އަހަރުގެ މައްކާ ރޫޓް އިނީޝިއޭޓިވުގައި ދިވެހިރާއްޖެ ހިމެނުމުގެ ރަސްމިއްޔާތު
26 މޭ 2025
|
މައްކާ ރޫޓް އިނިޝިއޭޓިވް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިފްތިތާހުކޮށްދެއްވައިފި. ސަޢޫދީ ވިޝަން 2030ގެ ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމުގެ ބައެއްގެ ގޮތުން ދިވެހި ޙައްޖާޖީން ސަޢޫދީ އަރަބިއްޔާއަށް ދިއުމާއެކު ޙައްޖާޖީން ތިބެން ހަމަޖެހިފައިވާ ތަންތަނަށް ސީދާ ގެންދިއުމަށް ވަނީ ހަމަޖެހިފަ. އެގޮތުން މައްކާ ރޫޓް އިނިޝިއޭޓިވްގެ ދަށުން ދިވެހި ޙައްޖާޖީން ސަޢޫދީ ޢަރަބިއްޔާއަށް ދިއުމުން ސީދާ އެ ޙައްޖާޖީންގެ އެކޮމޮޑޭޝަންތަކަށް ދިއުމުގެ ފުރުޞަތު ފަހިކޮށްދީ، ދަތުރުފަތުރުގެ ކަންކަން ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. ރައީސުލްޖުމްހޫރިއްޔާ މިކަން ސިފަކުރެއްވީ، ޙައްޖުވެރިންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ޙައްޖާޖީންގެ އަޅުކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ހަރުދަނާ ބޮޑު ބަދަލެއްގެ ގޮތުގަ.