ENGLISH
01 ޖުލައި 2025
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ރައީސް ހުޅުއްވައިދެއްވުން
23 މޭ 2025
|
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުޅުއްވައި ދެއްވައިފި. ހުޅުމާލެ ސެންޓްރަލް ޕާކުގައި އޮތް ރަސްމިއްޔާތެއްގައި، ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު ރައީސް ހުޅުއްވައިދެއްވުމާއެކު ހަވާ އެރުވުމުގެ ޚާއްސަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފަ. އަދި ރައީސް ވަނީ މައުރަޒުގެ ހުރިހާ ސްޓޯލަކަށް ޒިޔާރަތް ކުރައްވާ މައުރަޒުގައި ހުރި ތަކެތި ބައްލަވާލައްވާފަ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒުގައި ޖުމްލަ 383 ފަރާތަކުން ބައިވެރިވެފައިވޭ. އެއީ 14 ކެޓެގަރީއަކުންނާއި 82 ސަބް ގިންތިއަކުން.