ENGLISH
02 ޖުލައި 2025
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އެޗް.ޖީ.އައި.އޭގެ އެގްޒެކެޓިވް ޑިރެކްޓަރއާ ބައްދަލުކުރެއްވުން
21 މޭ 2025
|
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް، ހަވާއީ ގްރީން އިންފްރާސްޓްރަކްޗަރ އޮތޯރިޓީ (އެޗް.ޖީ.އައި.އޭ)ގެ އެގްޒެކެޓިވް ޑިރެކްޓަރ މިސް ގްވެން ޔަމަމޯޓޯ-ލާއުއާ ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވައިފި. މި މަޝްވަރާތައް ކުރިއަށް ގެންދިޔައީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ހަވާއީގެ ބްލޫ ޕްލެނެޓް އެލަޔަންސްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން، މިވަގުތު ހަވާއީއަށް ކުރައްވަމުންގެންދާ ދަތުރުގެ ތެރެއިން. މި ބައްދަލުކުރެއްވުމުގައި، ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ މޫސުމީ ބަދަލުތަކުގެ ގޮންޖެހުންތަކާއި، މި ގޮންޖެހުންތަކަށް ހައްލު ހޯދުމުގައި ގްރީން ފައިނޭންސިންގއިން އަދާކުރެވިދާނެ ދައުރަށް އަލިއަޅުއްވާލެއްވި. ހަވާއީގެ އެންމެ ފުރަތަމަ ގްރީން ބޭންކުގެ ގޮތުގައި ޚިދުމަތް ފޯރުކޮށްދެމުންދާ އެޗް.ޖީ.އައި.އޭއިން ވަނީ ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްތަކާއި އިންކްލޫސިވް ފައިނޭންޝަލް ޓޫލްސް ބޭނުންކޮށްގެން ސައްތަ އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުވުމާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށް އީޖާދީ މޮޑެލްއެއް ޤާއިމުކޮށްފަ.