ENGLISH
01 ޖުލައި 2025
މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރައީސް، ފައްޓަވައިދެއްވުން
20 މޭ 2025
|
މ. މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ރަސްމީކޮށް ފައްޓަވައިދެއްވައިފި. މުލި-ނާލާފުށި ކޯޒްވޭ ތަރައްޤީކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ކުރިއަށްގެންދާ މަޝްރޫޢެއް. މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 600 ދުވަސް ތެރޭގަ. މުލި-ނާލާފުށި ކޯޒްވޭ އަކީ 565 މީޓަރުގެ ކޯޒްވޭއެއް. މި މަޝްރޫޢު ނިމެގެންދާއިރު މަގު ހެދުމާއި، ތާރު އެޅުމާއި، މަގު ބައްތި ޖެހުމުގެ އިތުރުން 112 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 15 މީޓަރުގެ ގްރޮއިން ޖެހުންވެސް ހިމެނޭ.