ENGLISH

01 ޖުލައި 2025

Advertisement

މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު

20 މޭ 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވައިފި. މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫޢު ކުރިއަށްގެންދިއުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެއް. މ. މުލީ ރީޖަނަލް ހޮސްޕިޓަލުގެ އާ އިމާރާތުގެ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވަނީ ހަތަރު ބުރީގެ ޒަމާނީ ފެންވަރުގެ ހޮސްޕިޓަލެއް. މި އިމާރާތް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމް.ޓީ.ސީ.ސީއާ. އަދި މި މަސައްކަތް ނިންމުމަށް ކޮންޓްރެކްޓުގައި ވަނީ 780 ދުވަސް. މި މަޝްރޫޢު ނިމޭނެކަމަށް ލަފާކުރެވެނީ 2027 ވަނަ އަހަރުގެ މެދެއްހާ ހިސާބުގަ.

ކިޔުންތެރިންގެ ހިޔާލު