ENGLISH

01 ޖުލައި 2025

Advertisement

މ. މުލީ އެއާޕޯޓު ރަސްމީކޮށް ރައީސް ހުޅުއްވައިދެއްވުން

20 މޭ 2025

|

ހަސަން އާމިރު

މ. މުލީގައި ތަރައްޤީކުރި އެއާޕޯޓު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް މިއަދު ހުޅުއްވައިދެއްވައިފި. މީގެ ފަސް އަހަރެއްހާ ދުވަސްކުރީން މަސައްކަތް ފެށި އެއާޕޯޓްގެ މަސައްކަތް ނިމި މިދިޔަ އޭޕްރިލް 25 ގައި ވަނީ ޓެސްޓް ފްލައިޓު ޖައްސައިފަ. މި އެއަރޕޯޓަކީ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކޮށްފައިވާ ޑޮމެސްޓިކް އެއަރޕޯޓެއް. މި އެއަރޕޯޓް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން އެރަށުން ވަނީ ހިއްކާފަ. އެއާޕޯޓު ގާއިމުކޮށްފައިވަނީ 1500 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއަކާއެކު. މުލީގެ ބިން ހިއްކުމަށް 2014 ވަނަ އަހަރު ހަވާލުކުރި ފަހުން އެއާޕޯޓު ހުޅުވުމާހަމަޔަށް މިހާތަމަށް 540 މިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވޭ.

ކިޔުންތެރިންގެ ހިޔާލު