ENGLISH

02 ޖުލައި 2025

Advertisement

އިޒްރޭލުގެ ވައިގެ ބަނދަރަށް ހޫތީން ދިން ޙަމަލާގެ ރައްދު އީރާނަށް ދޭނެކަމުގެ އިންޒާރު

05 މޭ 2025

|

ހަސަން އާމިރު

ޔަމަނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޙޫތީ ޖަމާޢަތުން އިސްރާއީލުގެ މައި ވައިގެ ބަނދަރަށް ދިން ޙަމަލާގެ ފުރިހަމަ ރައްދު ދޭނެކަމުގެ އިންޒާރު، އިޒްރޭލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދީފިއެވެ.

ބެން ގުރިއޮން އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން މިސައިލް ޙަމަލާއެއްގެ ސަބަބުން ވައިގެ ބަނދަރުގެ މަގަކަށާއި އުޅަނދަކަށް ގެއްލުން ލިބިފައިވެއެވެ. އޭގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވެސް ބުރޫ އަރާފައިވެއެވެ. އެ ޙަމަލާގެ ސަބަބުން، އަށް މީހަކަށް ޒަޚަމުވެފައި ވެއެވެ.

ޔަހޫދީންގެ އަސްކަރިއްޔާއިން ވަނީ މިސައިލު ހުއްޓުވަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އަސްކަރިއްޔާގެ ވައިގެ ދިފާޢީ ނިޒާމަށް މިސައިލު ހުއްޓުވުމަށް ނުކުޅެދުނު ކަމަށް އެއްބަސްވެފައެވެ.

އެކަމާ ގުޅިގެން ނަތަންޔާހޫ ބުނީ މި ޙަމަލާދީފައިވަނީ އީރާނުން ވާގިވެރިވެގެން، އީރާނުގެ ސަރަޙައްދުން ކަމަށެވެ.

އެހެންކަމުން، މި ޙަމަލާގެ ރައްދު އީރާނަށް ދޭނެކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.

އީރާނުގެ ނިޔުކްލިޔަރ ޕްރޮގްރާމާ ގުޅިގެން އެމެރިކާއިން އިސްވެ މަޝްވަރާތައް ފަށާފައިވާއިރު، އީރާނަށް ޙަމަލާދޭން އިޒްރޭލުން ދަނީ އެމެރިކާއަށް ކެނޑިނޭޅި ޕްރެޝަރު ކުރަމުންނެވެ.

ފަލަސްޠީނުގެ ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުުރުމަށް އިޒްރޭލުން ދެމުންދާ ޢުދުވާނީ ޙަމަލާތަކާ ދެކޮޅަށް ހޫތީން ދަނީ ދަނީ އިޒްރޭލާ ދެކޮޅަށް ޙަމަލާތައް ދެމުންނެވެ. އިޒްރޭލުގެ މައި ވައިގެ ބަނދަރަށް ދީފައިވާ ޙަމަލާގެ ޒިންމާ ވެސް އެ ޖަމާޢަތުން ވަނީ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު