ENGLISH
02 ޖުލައި 2025
ޤައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް، ލުބްނާނުގެ ސަރަޙައްދުން އިޒްރޭލަށް ޙަމަލާނުދޭން ޙަމާސްއަށް އަންގައިފި
03 މޭ 2025
|
ލުބްނާނުގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް، އިޒްރޭލަށް ޙަމަލާދޭން ލުބްނާނުގެ ސަރަޙައްދުތައް ބޭނުންނުކުރުމަށް، އެ ޤައުމުން ޙަމާސް ޖަމާޢަތަށް އަންގައިފިއެވެ.
ލުބްނާނުން މިހެން ބުނެފައިވަނީ، އެ ޤައުމުގެ ސަރަޙައްދުން ޙަމާސްއިން ފޮނުވައިލި މިސައިލް ޙަމަލާތަކެއްގެ ރައްދުގައި، އިޒްރޭލުގެ އަސްކަރިއްޔާއިން ލުބްނާނުގެ ބައެއް ސަރަޙައްދުތަކަށް ޙަމަލާދިނުމާ ގުޅިގެންނެވެ.
ލުބްނާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޙިޒްބުﷲ ޖަމާޢަތް ހުއްޓުވަން، އެމެރިކާ އިސްވެ ލުބްނާނަށް ކުރަމުންދާ ޕްރެޝަރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީންގެ ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުތަކާ ގުޅިގެން، ޙިޒްބުﷲ އިން ވާގިދޭ ޙަމާސްއިން ވެސް ވަނީ ލުބްނާނުގެ ސަރަޙައްދުތައް ބޭނުންކޮށްގެން އިޒްރޭލަށް ޙަމަލާތައް ދެމުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސުޕްރީމް ޑިފެންސް ކައުންސިލްގެ ސެކެޓްރީ ޖެނެރަލް، މުޙައްމަދު އަލް-މުޞްޠަފާ ވިދާޅުވީ އެ މައްސަލައިގައި ސަރުކާރަށް އެޅިދާނެ ބައެއް ފިޔަވަޅުތަކާ ގުޅޭގޮތުން އެ ކައުންސިލުން ލަފާ ދޭނެ ކަމަށެވެ. އޭގެ ތެރޭގައި ލުބުނާނުގެ ސަލާމަތާއި އިސްތިޤުލާލަށް ހުރަސް އެޅޭފަދަ އެއްވެސް ޢަމަލެއް ހިންގުމަށް ޙަމާސް ޖަމާޢަތުން ލުބުނާނުގެ އެއްވެސް ސަރަޙައްދެއް ބޭނުން ނުކުުރުމަށް އިންޒާރު ދިނުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ރައްދުގައި، އިޒްރޭލުން ދަނީ ދޭތެރެދޭތެރެއިން ލުބްނާނުގެ ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ.
އިޒްރޭލާއި، ޙިޒްބުﷲ އާ ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަސް ވަންދެން ކުރަމުންދިޔަ ހަނގުރާމަ، އެމެރިކާ އާއި ފްރާންސް އިސްވެ އޮވެ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ.
ނަމަވެސް، އެ އެއްބަސްވުމާ ޚިލާފަށް އިޒްރޭލުން އަދިވެސް ދަނީ ޙިޒްބުﷲ އާ ދެކޮޅަށް ކަމަށް ބުނެ ލުބްނާނަށް ޙަމަލާތައް ދެމުންނެވެ.