ENGLISH

02 ޖުލައި 2025

Advertisement

ޣައްޒާއަށް އެހީ ނުވެއްދި، ރައްޔިތުންގެ ނިކަމެތިކަން ބިރުގަންނަންޖެހޭ ދަރަޖައަށް

02 މޭ 2025

|

ހަސަން އާމިރު

ފަލަސްތީނުގެ ޣައްޒާއަށް އެހީ ވެއްދުމުގެ ހުރިހާ މަގުތަކެއް އިޒްރޭލުން ބަންދުކޮށްފައިވާއިރު، އެތަނުގައި ދިރިއުޅޭ ނިކަމެތި ފަލަސްތީނުގެ ރައްޔިތުންގެ ޙާލަތު ބިރުގަންނަ ދަރަޖައަކަށް ވެއްޓިފައިވާ ކަމަށް ރެޑްކްރޮސްއިން ބުނެފިއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.

ވައިގެ މަގުން ދޭ ޙަމަލާތަކުގެ އިތުރުން، އިޒްރޭލުގެ ފައުޖުން އެއްގަމުން ވެސް ޣައްޒާއަށް ވަދެގަނެ، ދެމުންދާ ޢުދުވާނުތަކުގައި ކޮންމެ ދުވަހަކު ވެސް ދަނީ ފަލަސްތީނުގެ މައުސޫމް އެތައް ބަޔަކު ޝަހީދުކުރަމުންނެވެ.

އަދި މާޗް 2 އިން ފެށިގެން ޣައްޒާއަށް އެހީ ވެއްދުމުގެ މަގުތައް ބަންދުކޮށްފައިވާއިރު، ޣައްޒާއަށް އެހީ ވެއްދުމުގެ ފުރުޞަތު ނުދޭނެކަމަށް އިޒްރޭލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އެކަމަށް މިހާރު 60 ދުވަސްވެފައިވާއިރު، ރެޑް ކްރޮސްއިން ބުނީ، ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ބޭހާއި އަދި އެހެނިހެން އަސާސީ ސަމާނު މިހާރުން މިހާރަށް ނުވެއްދިއްޖެނަމަ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް އެ ޖަމްޢިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމުތައް ހުއްޓުމަކަށް އަންނާނެ ކަމަށެވެ.

ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، އިޒްރޭލަށް ލާޒިމުވާ ހަމަތަކަށް ތަބާވެ، އެހީ ވެއްދުމުގެ ޖާގަ ދިނުމަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލައިފައެވެ.

ވޯރލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔުއެފްޕީ) އިން ވެސް މިދިޔަ ހަފްތާގައި ވަނީ އެ ޖަމްޢިއްޔާގެ ބެލުމުގެ ދަށުގައި ހުރި ކާބޯތަކެތީގެ އެންމެ ފަހު ސްޓޮކް، ޣައްޒާގެ ރައްޔިތުންނަށް ކާނާ ބެހުމަށް ހިންގާ ބަދިގެތައް ފޮނުވައިފައެވެ.

އދ.އިން ބުނީ، އިޒްރޭލުގެ މި ލާއިންސާނީ ނިންމުން ބަދަލުނުކުރާނަމަ، ފަހުގެ ތާރީޚެއްގައި ދުނިޔެ ނުދެކޭ ފަދަ އިންސާނީ ކާރިސާއެއް ކުރިމަތިވެ، ޣައްޒާގައި ދިރިއުޅޭ 2.4 މިލިއަނެއްހާ ރައްޔިތުން ބަނޑަށްޖެހިދާނެ ކަމުގެ ބިރު މިހާރު ބޮޑުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު